
News Details
Destination Addu Summit 2024

ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ނެގޫންގައި ކުރިއަށް ގެންދާ މި ސަމިޓްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ބައިވެރިވެވަޑައިން ވާހަކަ ދައްކަވާފައިވެ އެވެ. އަދި ސަމިޓްގައި ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އައްޑޫގެ މަޖިލިސް މެމްބަރިން ވެސް ބައިވެރިވެވަޑައިގަނެ އެވެ.
"ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ކުރިއަށް ދާނީ މިއަދު ހަވީރާ ހަމައަށެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ސަމިޓްގައި އައްޑޫގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. މި ސަމިޓްގެ އެންމެ ބޮޑު މަގުސަދަކީ އެންމެން ގުޅިގެން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބްރޭންޑެއް ވުޖޫދުކޮށް، އެއާ ގޮތަށް ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތްތައް ކުރުމެވެ.
މިއަދު ފެށި ސަމިޓްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާއި އައްޑޫގައި ޓޫރިޒަމަށް މިހާރު ގޮންޖެހުންތަކާއި އެ ދާއިރާ އަށް ކުރިއަރުވައި ފުޅާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާގައި ސްޓޭކްހޯލްޑަރުންނާ އެކީ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.